Last Updated: June 14, 14:03
Sunday, June 14, 2026
ޚަބަރު

ފުލުހުންގެ ސާވިސް އެލަވެންސް ބޮޑުކޮށްފި

ރައީސު އޮފީހުން އަންގަވައިގެން ފުލުހުންގެ ސާވިސް އެލަވަންސް ފެބްރުއަރީ 1 ވަނަ ދުވަހުން ފެށިގެން ބޮޑުކުރިކަން މިއަދު ފުލުހުންނަށް އަންގައިފިއެވެ.

ފުލުހުންގެ އެޗްއާރުން މިއަދު ނެރުނު މެމޯއެއްގައި ބުނެފައިވަނީ ފެބްރުއަރީ 1 އިން ފެށިގެން ފުލުހުންނާއި ފުލުހުންގެ ސިވިލް ވަޒީފާތަކުގެ ސާވިސް އެލަވެންސް ބޮޑުކޮށްފައިވާ ކަމަށެވެ.

އެގޮތުން ކޮމިޝަނަރު އޮފް ޕޮލިސް ރޭންކުން ފެށިގެން އިންސްޕެކްޓަރ ރޭންކުގެ މުވައްޒަފުންނަށް 1000 ރުފިޔާ ބޮޑުކޮށްފައިވާއިރު ސްޓާފް ސާޖެންޓް ރޭންކުން ފެށިގެން ސާޖެންޓް ރޭންކުގެ މުވައްޒަފުންނަށް ވަނީ 1100 ރުފިޔާ ސާވިސް ޗާޖަށް ބޮޑު ކޮށްފަ އެވެ.

މީީގެ އިތުރުން ކޯޕްރަލް ރޭންކާއި ލާންސް ކޯޕްރަލް ރޭންކުގެ މުވައްޒަފުންނަށް 1300 ރުފިޔާ ބޮޑުކޮށްފައިވާއިރު ކޮންސްޓަބަލް ރޭންކުގެ މުވައްޒަފުންނަށް ވަނީ 1500 ރުފިޔާ ބޮޑު ކޮށްފަ އެވެ.

ފުލުހުންގެ ސިވިލް މުވައްޒަފުންނަށް ބޮޑުކޮށްފައިވަނީ 700 ރުފިޔާއެވެ.

ފުލުހުންނަށް ސާވިސް އެލަވެންސް ބޮޑު ކުރި އިރު ސިފައިންގެ އަސާސީ މުސާރަވެސް ވަނީ ބޮޑުކޮށްފައެވެ. ނަމަވެސް އަދި ބޮޑު ކުރިވަރެއް ހާމަކޮށްފައި ނުވެއެވެ.