Last Updated: June 7, 13:32
Sunday, June 7, 2026
ޚަބަރު

ރައްޔިތުންނަށް ސާބަސް، މިކަން ނިމޭނެ: ސުޢޫދު

ކުރީގެ ބަންޑާރަ ނައިބް އަދި މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއް ސުއޫދު، ފޮޓޯ: އަވަސް

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ހިމާޔަތުގައި ޤުރުބާންވަމުންދާ އެންމެހައި ދިވެހި ރައްޔިތުންނަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުޢޫދު ތައުރީފް ކުރައްވައިފިއެވެ.

ރާއްޖޭގައި ތިއްބެވި އެންމެ ފުންނާބު އުސް ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސުޢޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ "ޤާނޫނުއަސާސީގެ ހިމާޔަތުގައި ގުރުބާން ވަމުންދާ އެންމެހާ ރައްޔިތުންނަށް ހިއްވަރާ ސާބަސް ދެއްވާ" ކަމަށެވެ.

"ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ގެ ހިމާޔަތުގައި ގުރުބާން ވަމުންދާ އެންމެހާ ރައްޔިތުންނަށް ހިއްވަރާ ސާބަސް ދެން. މިކަން ނިމޭނެ." ސުޢޫދު

މީގެ އިތުރުން ސުޢޫދުގެ ޓްވީޓްގައި "މިކަން ނިމޭނެ" ކަމަށް ވިދާޅުވެފައި ވެއެވެ. ބެލެވޭ ގޮތުގައި ސުޢޫދު ނިމޭނެ ކަމަށް އިޝާރާތް ކުރައްވަނީ ރައީސް ޔާމީންގެ ވެރިކަމެވެ.