Last Updated: June 12, 17:14
Friday, June 12, 2026
ޚަބަރު

ރޭ ހައްޔަރު ކުރި މެމްބަރުން ދޫކޮށްލައިފި

ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާ ތެރެއިން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރުންނާއި އެމްޑީޕީ ސަރުކާރުގެ މިނިސްޓަރު އަސްލަމް ބަންދުން ދޫކޮށްލައިފިއެވެ.

ރޭ ހައްޔަރުކުރި މައްޗަނގޮޅި ދެކުނު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވަނީ ހައްޔަރުކުރުމަށް ފަހު ރޭގެ ވަގުތެއްގައި ދޫނިދޫ އަށް ގެންގޮސްފައެވެ.

މެމްބަރުންނާއި އަސްލަމްގެ އިތުރުން 11 މީހަކު ހައްޔަރުކޮށްފައިވާއިރު އެމީހުން ދޫކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައެއް ނުވެއެވެ. އަދި އެމީހުންގެ ތަފްސީލެއް ހޯދުމަށް "އައްޑޫލައިވް" އިން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ.

އިތުރު ތަފްސީލު އަންނަނީ..