Last Updated: June 12, 17:14
Friday, June 12, 2026
ޚަބަރު

މަހްފޫޒް ސައީދު ސަސްޕެންޑްކޮށްފި

މަޝްހޫރު ގާނޫނީ ވަކީލު މަހްފޫޒް ސައީދު އައްޔަންވެފައިވާ ހުރިހާ މައްސަލަތަކުން ސަސްޕެންޑު ކޮށްފައިވާ ކަމަށް ފުލުހުން އޭނާއަށް އަންގައިފިއެވެ.

މަހްފޫޒު މިރޭ ކުރެއްވި ޓުވީޓެއްގައި އޭނާ ސަސްޕެންޑުކޮށްފައިވާ ކަން ފުލުހުން އަންގާފައިވާ ކަމަށް ވިދާޅުވެފައިވާއިރު އޭނާ ސަސްޕެންޑު ކުރީ ކޮން ސަބަބަކާ ލައިގެން ކަމެއް ފުލުހުން އަންގާފައިނުވާ ކަމަށް ވިދާޅުވިއެވެ.

މަހްފޫޒް ސައީދަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގާނޫނީ ވަކީލުން ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދި މިހާރު ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރާ ގިނަ އަދަދެއްގެ ހައްޔަރީން ވެސް ތަމްސީލް ކުރަމުން އަންނަ ވަކީލެކެވެ.

އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ގާނޫނީ ވަކީލުންގެ ޓީމުގައިވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.