Last Updated: June 7, 13:32
Sunday, June 7, 2026
ޚަބަރު

ބޭނުމީ ކުޑަ ހިތްވަރެއް، މިކަން ނިމޭނެ: ނިޒާރު

ބޭނުންވަނީ ކުޑަ ހިތްވަރެއް ކަމަށާއި މިކަން ނިމޭނެ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ. ނިޒާރު ކުރެއްވި ޓްވީޓެއްގައި މިގޮތަށް ވިދާޅުވެފައި ވާއިރު ނިޒާރު އިޝާރާތް ކުރައްވާފައި ވަނީ ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުން ކަމަށް ބެލެވެއެވެ.

އިދިކޮޅު ސިޔާސީ ފަރާތްތަކުން ތަކުރާރުކޮށް "މިކަން ނިމޭނެ" ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން ގެންދަވާއިރު ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ވެސް ދަނީ އެކަމަށް ރައްދު ދެމުންނެވެ.

ރައީސް ޔާމީން އަށް ތާއީދު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި "ނިމޭނީ ބަޣާވާތް" ކަމަށެވެ. އެފަރާތްތަކުން "ބަޣާވާތެއް" ގޮތުގައި ސިފަކުރަނީ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކެވެ.