Last Updated: June 14, 14:03
Sunday, June 14, 2026
ޚަބަރު

ހައްޔަރު ކުރި ތިން އެސްޕީޖީ އޮފިސަރުން ދޫކޮށްލައިފި

ބުދަ ދުވަހުގެ ރޭ ފުލުހުން ހައްޔަރުކުރި ކުރީގެ ތިން ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) އޮފިސަރުން ދޫކޮށްލައިފިއެވެ.

ފުލުހުން ދޫކޮށްލާފައިވަނީ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރުގެ ބޮޑީގާޑަކަށް މަސައްކަތް ކުރެއްވި އަހުމަދު ޝަނީޒު އާއި ރައީސް މުހައްމަދު ނަޝީދުގެ ބޮޑީގާޑުކަން ކުރެއްވި ސިމާދު އަހުމަދު އާއި އަހުމަދު ފައްތާހުއެވެ. މި ތިން މީހުންވެސް ދޫކޮށްލާފައިވަނީ ފޯނު އަތުލުމަށްފަހުއެވެ.

ސިމާދު އާއި ޝަނީޒު ސިފައިންގެއިން ކަނޑާލީ ހައްޔަރު ކުރުމަށްފަހު މިދިޔަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ. ފައްތާހުވަނީ މީގެ ކުރިން ސިފައިންގެއިން ކަނޑާލާފައެވެ.