Last Updated: July 28, 13:29
Tuesday, July 28, 2026
ޚަބަރު

މެމްބަރު މުހުއްމާ ހައްޔަރުކޮށް ދޫނިދޫއަށް

އިދިކޮޅު ފަރާތްތަކުން ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާ ތެރެއިން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހުއްމާ) ހައްޔަރުކޮށް ދޫނިދޫއަށް ގެންގޮސްފިއެވެ.

މުޒާހަރާގެ ތެރެއިން މުހުއްމާގެ އިތުރުންވެސް ބައެއް މީހުންތައް ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް ހައްޔަރު ކުރި މީހުންގެ އަދަދެއް އަދި ފުލުހުން ހާމަކޮށްފައި ނުވެއެވެ.

ފުލުހުން ރޭ ވަނީ އޭގެ ކުރީ ރޭ ހައްޔަރު ކުރި މެމްބަރުންނާއި ދެންވެސް ހައްޔަރު ކުރި މީހުންތައް ދޫކޮށްލާފައެވެ.