Last Updated: June 7, 13:32
Sunday, June 7, 2026
ޚަބަރު

ނަޝީދަކީ "ބީތާ އެއް" ކަމަށް އަލީ އާރިފް ވިދާޅުވެއްޖެ

ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ "ބީތާ" އެއް ކަމަށް ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން އަލީ އާރިފް ވިދާޅުވި ގޮތުގައި ބޭރުގެ ފަރާތްތަކުން ނަޝީދު ބަލައިގަންނަނީ އެއީ މާ މޮޅު ބޭފުޅެއް ވުމުން ނޫން ކަމަށެވެ. ނަމަވެސް އެއީ ނަޝީދަކީ "ބީތާއެއް ކަމަށް ވުމުން" ކަމަށް އަލީ އާރިފް ވިދާޅުވިއެވެ.

މިއަދުގެ ނޫސްކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި ވާހަކަ ދައްކާފައި ވަނީ އީޔޫ އިން ރާއްޖޭގެ ހާލަތު ބަޔާންކޮށް ނެރުނު ޤަރާރާއި ގުޅޭ ގޮތުންނެވެ.