Last Updated: June 7, 13:32
Sunday, June 7, 2026
ޚަބަރު

އިދިކޮޅު ފަރާތްތަކުން މަގުމަތީގައި ކުރަނީ އިސްލާމް ދީނާއި ޚިލާފް ކަންތަކެއް: އަދުރޭ

އިދިކޮޅު ފަރާތްތަކުން މަގުމަތީގައި ކުރަމުން ގެންދާ ކަންތައްތަކަކީ އިސްލާމް ދީނާއި ޚިލާފް ކަންތައްތަކެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، އިސްލާމްދީން ދެކެ ލޯބިވާ ބަޔަކު އިދިކޮޅު ފަރާތްތަކާއި އެކު ނުތިބޭނެ ކަމަށެވެ.

"އެއްވުމުގައި ބައިވެރިވަނީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި، އިސްލާމްދީނާ ދެކޮޅު މީހުން." އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ހާލަތުގެ މައްޗަށް ޔޫރަޕިއަން ޔޫނިއަންގެ ޕާލަމެންޓުން އިއްޔެ ފާސްކުރި ގަރާރަށް އަދުރޭ ވިދާޅުވީ އީޔޫއަށް އެގަރާރު ހުށަހަޅާފައިވަނީ އިސްލާމް ދީން ފޮހެ ރާއްޖެއިން ލަން ކަމަށެވެ.