Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

"ހައްޤުތަކަށް މަސައްކަތަކީ ދީނާ ދެކޮޅުވުމެއް ނޫން"

ގެއްލިފައިވާ ހައްޤުތައް ހޯދުމަށް ދީނީ މިންގަނޑުތަކުން ބޭރު ނުވެ ކުރާ މަސައްކަތަކީ އިސްލާމް ދީނާއި ދެކޮޅުވުން ނޫން ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޑރ.އިޔާޒް މިހެން ވިދާޅުވެފައި ވަނީ އިދިކޮޅު އެއްވުމަށް ނުކުންނަނީ އިސްލާމްދީނުގެ އަދުއްވުން ކަމަށް ޕީޕިއެމްގެ ނައިބް ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައި ވަނިކޮށެވެ.

ޓިނުތަކެއް ވަގަށް ނަގައިގެން މީގެ ކުރިން ހުކުމެއް އިއްވާފައިވާ މީހެއް ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ އަބްދުއްރަޙީމް މިހެން ވިދާޅުވީ ޕީޕީއެމް އިން ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުންނެވެ.

މީގެ އިތުރުން ޑރ. އިޔާޒް ކުރައްވާފައިވާ އެހެން ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ވައްކަންކުރުމާއި އަމާނާތަށް ހިޔާނަތްތެރިވުމާއި އަނިޔާވެރިކަމަކީ އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާކަންކަމަށެވެ.