Last Updated: June 14, 13:25
Sunday, June 14, 2026
ޚަބަރު

ރާއްޖެޓީވީގެ ތިން ނޫސްވެރިޔަކު ހައްޔަރުކޮށްފި

"ހުއްޓުވާ" މުޒާހަރާ ކަވަރު ކުރަމުން ދަނިކޮށް ރާއްޖެޓީވީގެ ތިން ނޫސްވެރިން ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭގެ މުޒާހަރާގެ ކަވަރު ކުރުމުގައި ހަރަކާްތްތެރިވަމުން ދަނިކޮށް ނޫސްވެރިޔާ ވިސާމް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މީގެ އިތުރުން ނޫސްވެރިޔާ ފަޒީން ހައްޔަރުކޮށްފައި ވަނީ މަޖީދީ މަގުންނެވެ. އަދި އެންމެ ފަހުން ހައްޔަރުކުރި ނޫސްވެރިޔާ އާމިރު ހައްޔަރުކޮށްފައިވަނީ ރާއްޖެޓީވީ ކުރިމަތިންނެވެ.