Last Updated: June 12, 17:14
Friday, June 12, 2026
ޚަބަރު

އިންޒާރުގެ ވީޑިއޯ މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ ޔުނީފޯމު އަޅައިގެން ފުލުހުންނަށް އިންޒާރު ދިން މައްސަލާގައި ތިން މީހަކު މިރޭ ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ވީޑިއޯ އެއް ހަދައިގެން ފުލުހުންނަށް އިންޒާރު ދިން މައްސަލާގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

މިހާތަނަށް މިފަދަ ދެ ވީޑިއޯއެއް އާންމުކޮށްފައިވާއިރު ފުލުހުންގެ ސުޕްރިޑެންޓް އަހުމަދު ޝިފާން ވަނީ މިމައްސަލަ ބަލާނެ ކަމަށް ވިދާޅުވެފައެވެ. އަދި ފުލުހުންގެ ޔުނީފޯމު އަޅައިގެން ތިއްބަސް އެއީ ފުލުހުން ކަމެއް ޔަގީން ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ވީޑިއޯ ތަކުގައި ފުލުހުންގެ ޔުނީފޯމު އަޅައިގެން ތިބި ބަޔަކު ވަނީ މިއީ ސަރުކާރަށް ދޭ އެންމެ ފަހުގެ އިންޒާރު ކަމަށް ބުނެފައެވެ. އަދި މިރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގެ ތެރެއިން ފުލުހުންގެ ބަޔަކު މުޒާހަރާއާ ގުޅޭނެ ކަމަށްވެސް ވީޑިއޯގައި ބުނެފައިވެއެވެ.