Last Updated: June 12, 17:14
Friday, June 12, 2026
ޚަބަރު

މުޒާހަރާގައި ފުލުހަކަށް ހަމަލާދީ އަތް ބިންދާލި: ފުލުހުން

ރޭގެ މުޒާހަރާ ރޫޅާލުމުގައި ފުލުހުން ހަރަކާތްތެރިވަނީ، ފުލުހެއްގެ އަތް ވަނީ ބިނދިފައި، ފޮޓޯ: ޓްވިޓަރ

ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާ ރޫޅުމަށް މަސައްކަތް ކުރަމުން ދިޔަ ފުލުހަކަށް ހަމަލާދީ އަތް ބިންދާލާަފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުޒާހަރާގެ ބައިވެރިން އަނިޔާކުރި ފުލުހެއްގެ އަތް ބިންދައިގެން ގޮސްފައިވާ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އާއްމުންގެ ބައެއް މީހުންނަށްވެސް ވަނީ އަނިޔާވެފައެވެ.