Last Updated: April 19, 21:23
Friday, April 19, 2024
މުނިފޫހިފިލުވުން

އައިޑޮލްގެ ގަދަ 12 އަށް މިހާރު ވޯޓް ދެވޭނެ

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގާލާ ރައުންޑް ރޭ ފަށާފައިވާ އިރު، ބައިވެެރިންނަށް ވޯޓް ދިނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ރޯ ޝޯވެގެން ދާނީ ގަދަ 12 އިން ބައިވެރިއަކު އުނިވާ ރެއަކަށެވެ. އެހެންވެ ސަޕޯޓް ކުރާ ލަވަކިޔުންތެރިޔަކު ސަލާމަތް ކުރުމުގެ ފުރުސަތު ވޯޓާއާ އެކު އާންމުންނަށް ވެސް އޮންނާނެ އެވެ.

ގަދަ 12 ބައިވެރިންގެ ތެރެއިން ބެލުންތެރިންނަށް އެންމެ ކަމުދާ ބައިވެރިއަކަށް ވޯޓުލުމަށްޓަކާ، އެސްއެމްއެސް ކުރުމުގެ ފުރުޞަތު މިއަދު ހަވީރު 4:00 އާ ހަމައަށް އޮންނާނެ އެވެ. ވޯޓް ދޭން، MI ޖެހުމަށް ފަހު ހުސްތަންކޮޅެއް ދޫކޮށް، އެ ބައިވެރިއަކަށް ދީފައިވާ ކޯޑު ޖެހުމަށްފަހު 303 އަކަށް އެސްއެމްއެސް ކުރެވޭ ނެއެވެ. ކޮންމެ މެސެޖަކަށް 3ރ. ޗާޖް ކުރާނެއެވެ. އަދި ކޮންމެ ނަންބަރަކުންވެސް ގިނަވެގެން ފޮނުވޭނީ 50 މެސެޖެވެ.

ގާދަ 12 ގައި ވާދަ ކުރާ ބައިވެރިންނަކީ ހަސަން ޝަހުދާން، އިބްރާހީމް ޝަމްވީލް، އައިމިނަތު ސައިނާ މުޙައްމަދު ރަޝީދު، ތަސްލީމް ޢަބްދުލްކަރީމް، ނައުޝާދު ޢަބްދުލްލަތީފް އަދި މަރިޔަމް ސަލްވާ، އައިޝަތު އަޒަލް ޒާހިރު، އަބްދުﷲ މުރްޝިދް، އަބްދުﷲ މުނާޒް، މަރިޔަމް މައީޝާ، ޝާން ޝަރީފް އަދި ރައިހާން އާދަމެވެ.

ގާލާ ރައުންޑްގެ ކުރިއަށް އޮތް ބުރަށް ދަތުރު ކުރާނެ ބައިވެރިން އިޢުލާންކުރުން އޮންނާނީ މިރޭގެ އެލިމިނޭޝަން ނައިޓް ޝޯ ގަ އެވެ.

ރޭ ޓީވީއެމުން ގެނެސް ދިން ގާލާ ރައުންޑުގެ ފުރަތަމަ ޝޯ ހާއްސަކޮށްފައިވަނީ "އަބަދަށް ފެހި ލަވަތައް" ތީމަށެވެ. އެގޮތުން ރޭގެ ޝޯގައި ހުރިހާ ބައިވެރިންގެ ފަރާތުންވެސް އެ ބައިވެރިއަކު އެންމެ ގަޔާވާ އަދި އެންމެ ކިޔާލަން ބޭނުންވި ލަވަ ހުށައަޅައި ދީފައިވާ އިރު، ހުރިހާ ބައިވެރިންނަށް ވެސް ޖަޖުންގެ ފަރާތުން ވަނީ ތަފާތު ކޮމެންޓްތަކެއް ލިބިފައިވެ އެވެ.