Last Updated: June 14, 13:25
Sunday, June 14, 2026
ޚަބަރު

"ކުއްލި ހާލަތު ނިމުނަސް ހައްޔަރު ކުރި މީހުން ދުލެއް ނުކުރާނެ"

ކުއްލި ހާލަތު ނިމުނަސް ހައްޔަރުކޮށްފައިވާ އެންމެން ދޫކޮށް ނުލާނެކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ނިހާން ވިދާޅުވީ ބައެއް ގާނޫނީ ވަކީލުން ހައްޔަރުކޮށްފައިވާ މީހުން ކުއްލި ހާލަތު އުވުމުން ދޫކޮށްލަން ޖެހޭނެކަމަށް ބުނެ ރައްޔިތުން އޮޅުވާލުމަށް ވާހަކަ ދައްކަވުން އަންނަ ކަމަށެވެ. ނަމަވެސް އެމީހުން ދޫކޮށްނުލާނެ ކަމަށާއި ކުއްލި ހާލަތު އުވުމުންވެސް އެމީހުންގެ ތަހުގީގު ކުރިއަށް ގެންދާނެކަމަށެވެ.

ނިހާން ވިދާޅުވީ އެ މީހުންނަކީ ރާއްޖެއަށް ބަޢާވާތް ގެންނަން މަސައްކަތް ކުރި މީހުން ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އަންނަ ބުރާސްފަތި ދުވަހަށް އުވިގެންދާނެއެވެ.