Last Updated: June 7, 11:59
Sunday, June 7, 2026
ޚަބަރު

ބާރު ސްޕީޑްގައި ދުއްވި ކާރެއް ފުރޮޅާލައިފި

2011 ވަނަ އަހަރުގެ ސާކް ސަމިޓަށް އައްޑޫގައި ބިނާކުރި އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރ (އީސީސީ) އާއި ދިމާލުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ފުރޮޅާލައިފިއެވެ.

މަންޒަރު ދުށް މީހަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި އީސީސީ އާއި ދިމާލުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރު ފުރޮޅާލީ ގޯޅި އަޅަން އުޅެނިކޮށް ކަމަށެވެ. އަދި އެވަގުތު ކާރުގައި ހުރީ ޑްރައިވަރު އެކަނިކަމަށް އޭނާ ބުންޏެވެ.

އެކްސިޑެންޓް ހިނގި ސީންގައި މިވަގުތު ހުރި 'އައްޑޫލައިވް'ގެ ނޫސްވެރިޔާ ބުނިގޮތުގައި މި ހާދިސާގައި ކާރު ދުއްވަން އިން ޒުވާނާއަށް އަނިޔާއެއް ވެފައެއް ނުވެއެވެ.