Last Updated: June 7, 11:59
Sunday, June 7, 2026
ޚަބަރު

ޢަދާލަތުގެ އަލީ ނަޒީރު ފުލުހަށް ހާޒިރު ކުރަނީ

ޢަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ޗެއަރ އަލީ ނަޒީރު ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފިއެވެ.

އަލީ ނަޒީރު ފުލުހަށް ހާޒިރު ކުރަނީ އިއްޔެ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި އެއްވުމަށް ނިކުތުމަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ދެއްކުމާއި ގުޅިގެންނެވެ. އޭނާއަށް ފުލުހުން ފޮނުވި ޗިޓުގައި އަންގާފައި ވަނީ މިރޭ 9 ޖަހާއިރު ފުލުސް އޮފީހަށް ހާޒިރު ވުމަށެވެ.

ފުލުހަށް ހާޒިރުވުމަށް އަންގައި ޗިޓް ފޮނުވުމާއި އެކު އަލީ ނަޒީރު ވިދާޅުވެފައި ވަނީ، "ޔާމީންގެ ހަދިޔާއެއް ލިބިއްޖެ" ކަމަށެވެ.