Last Updated: June 14, 13:25
Sunday, June 14, 2026
ޚަބަރު

މަހްލޫފްގެ ބަންދަށް އިތުރު 13 ދުވަސް

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަހުމަދު މަހްލޫފު 13 ދުވަހަށް ބަންދުކޮށްފައި ބަހައްޓަން މިރޭ ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މަހްލޫފު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ މިރޭ 8 ޖެހި އިރު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށްފަހުއެވެ. ނަމަވެސް ބަންދުގައި ބަހައްޓަން އަމުރުކުރީ ކޮން މައްސަލައަކާއި ގުޅިގެން ކަން ސާފެއް ނުވެއެވެ.

މަހްލޫފު ހައްޔަރުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާ ތެރެއިންނެވެ.