ސަރުކާރު ވައްޓާލުމަށް މަޖްލިސް މެމްބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދިއްގަރު ދާއިރާގެ މެމްބަރ އަދި ރައީސް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ބޮއްކެއް ފަންކާއެއް ނެތް ގޮޅިއަކަށް ބަދަލުކޮށްފައިވާ ކަމަށް އެމަނިކުފާންގެ ވަކީލުން ބުނެފިއެވެ.
After these acts of torture, @afarismaumoon was changed to an old cell with no lights and no fan, presumably as part of punishment for refusing to participate in an unlawful investigation. https://t.co/HAf7CzdZ9U
— Ibrahim Shameel (@IbrahimShameel) ١٧ مارس، ٢٠١٨
ފާރިސް އޮންނެވި ގޮޅި ބަދަލުކޮށްފައިވަނީ އެމަނިކުފާން ފުރަގަހަށް ބިޑިއެޅުވުމަށް ފަހު ބިންމަތީގައި ދަމާފައި ގޮޅިން ނެރުމުގެ ސަބަބުން އަނިޔާތަކެއް ލިބިފައިވާ ކަމަށ1 ވަކީލުން ބުނެފައިވަނިކޮށެވެ.
ބިންމަތީގައި ދަމާފައި ގެންދިއުމުގެ ސަބަބުން ލިބުނު ގެއްލުމަށް ފަރުވާ ދިނުމަށް ރޭ ވަނީ އައިޖީއެމްއެޗަށް ފާރިސް ގެނެސްފައެވެ.
ފާރިސްގެ މައްޗަށް ހުށަހަޅާފައިވާ ރިޝްވަތު ދިނުމުގެ ދައުވާގެ ހެކި ހުށަހެޅުމަށް ބޭއްވި ޝަރީއަތުގައި ދައުލަތުން ފާރިސް އާއި ދެކޮޅަށް ހުށަހެޅި ހެކިވެރިޔާ ވަނީ ފާރިސް އާއި އެއްކޮޅަށް ހެކި ބަސްދީފައެވެ.