ރައީސްކަން އެކަކަށް ކުރެވޭނީ ދެ ދައުރު ކަމަށް އޮތް އޮތުން ބާތިލް، ޗައިނާގެ ގާނޫނު ހަދާ މަޖިލީހުން ބާޠިލް ކުރުމާއި ގުޅިގެން ޗައިނާގެ ރައީސްކަމަށް މިހާރުގެ ރައީސް ކުރިއަށް އޮތް ދުވަސްތަކަށް އިންތިހާބް ވުމާއި ގުޅިގެން ރައީސް އަބްދުﷲ ޔާމީން މަރުހަބާ ދަންނަވައިފިއެވެ.
ޝީގެ އާ ދައުރު "އުމުރު ދުވަހަށް" ފެށުނީ އިއްޔެއެވެ. ޝީއަށް މަރުހަބާ ވިދާޅުވެ ރައީސް ޔާމީން ފޮނުއްވި މެސެޖުގައި ވަނީ ދިވެހި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި މަރުހަބާ ދަންނަވާ ކަމަށެވެ.
ރައީސް ޔާމީންގެ މެސެޖްގައި ވިދާޅުވީ ޝީއަށް އާ ދައުރެއް ލިބިގެން ދިޔައީ ފާއިތު ފަސް އަހަރު އެމަނިކުފާން ކުރެއްވި މަސައްކަތްޕުޅު ރައްޔިތުން ބަލައި ގަތުމުން ކަމަށާއި، ޝީގެ ލީޑާރޝިޕަށް ގައުމުގެ ރައްޔިތުންގެ އިތުބާރު އޮތްކަން ފެނިގެންދާ ކަމަށެވެ.
ޗައިނާ އަކީ ރައީސް ޔާމީންގެ ސަރުކާރުގެ އެންމެ ބޮޑު އެކުވެރިޔާއެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި ޗައިނާގެ ގިނަ ހަރަކާތްތައް ދަނީ ހިންގަމުންނެވެ.