Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ލަންކާއިން ކުއްލި ހާލަތު އުވާލައިފި

މުސްލިމުންނާއި ބުޑިސްޓުންނާއި ދެމެދު އުފެދުނު ދީނީ ހަމަނުޖެހުމުގެ ސަބަބުން އެގައުމުގައި އިއްލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތު އެގައުމުން އުވާލައިފިއެވެ.

ލަންކާގެ ކެންޑީގައި މުސްލިމުންނާ ބުޑިސްޓުންގެ ދެމެދުގައި ހަމަނުޖެހުން ހިނގައި ބައެއް އާއްމުންގެ ތަންތަން ރޯކޮށް ހަމަނުޖެހުން އުފެއްދުމުގެ ސަބަބުން އެންމެ ފުރަތަމަ ކުއްލި ނުރައްކަލުގެ ހާލަތު އިއްލާން ކުރީ ކެންޑީގައެވެ. ނަމަވެސް ފަހުން ވަނީ މުޅި ލަންކާއަށް ކުއްލި ނުރައްކާ އިއްލާންކޮށްފައެވެ.

ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވިދާޅުވީ ކުއްލި ހާލަތު ނިމުމަކަށް ގެނައީ އާއްމުންނަށް ނުރައްކާ އޮތް މިންވަރު ވަޒަން ކުރުމަށްފަހު ކަމަށެވެ.

ހަމަނުޖެހުން ތަކާއި ގުޅިގެން ލަންކާގައި ސޯޝަލް މީޑިއާގެ ވަސީލަތްތައްވެސް ބްލޮކް ކުރިއެވެ. ނަމަވެސް މިދިޔަ ހުކުރު ދުވަހު ވަނީ ސޯޝަލް މީޑިއާ ވެސް ހުޅުވާލާފައެވެ.

ހަމަނުޖެހުން ތަކާއި ގުޅިގެން ގެއްލުން ލިބުނު އާއިލާތަކަށް ލަންކާ ސަރުކާރުން އެހީތެރިވުމަށް މިހާރު ވަނީ ނިންމައި އެކަމުގެ ދިރާސާ ފަށާފައެވެ.