Last Updated: June 7, 11:59
Sunday, June 7, 2026
ޚަބަރު

ޔާމީނު ހައްޔަރުކުރަން އަމުރު ނެރެފި ނަމަ ޖެހޭނީ ތަންފީޒު ކުރަން

ކްރިމިނަލް ކޯޓުން ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން އަމުރު ނެރެފި ނަމަ އެއަމުރު ތަންފީޒު ކުރަން ޖެހޭނެ ކަމަށް ކެންދޫ ދާއިރާގެ މަޖިިލިސް މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން މިހެން ވިދާޅުވެފައި ވަނީ ރައީސް އޮފީހުގެ ލީގަލް އެފެއަރޒް މިނިސްޓަރ އާޒިމާ ޝަކޫރު ދެއްކެވި ވާހަކަތަކަކަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައެވެ.

ޖީއެމްއާރް މައްސަލައިގައި ދައުލަތުން އެތައް މިލިއަން ފައިސާއެއް އެ ކުންފުންޏަށް ދައްކަން ޖެހުމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ގިނަ ބަޔަކު ބުނަމުން ގެންދާ އާޒިމާ ވިދާޅުވެފައިވަނީ ރައީސް ހައްޔަރުކުރަން ސުޕްރީމް ކޯޓުން ނެރޭ އަމުރު ތަންފީޒު ނުކުރާނެ ކަމަށެވެ.

އަލީ ހުސައިން އިތުރަށް ވިދާޅުވި ގޮތުގައި ގޮށްމުށުގެ ބާރުގެ ދަށުގައި ފިތިފައި އިނދަޖެހިފައި ތިބި ފުލުހުން ވެސް ހޭވެރި ވީމައި އެކަން(ކޯޓުގެ އަމުރު ތަންފީޒު) ކުރާނެ ކަމަށެވެ.