Last Updated: April 24, 17:40
Wednesday, April 24, 2024
ޚަބަރު

ކޯޓަށް ހާޒިރު ކުރަން ހިތަދޫ މީހަކު ހޯދަނީ

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ޙާޟިރު ކުރަން ބޭނުންވެ ޙާޟިރުކުރެވިފައި ނުވާ ހިތަދޫ މީހަކު ތިން މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ހޯދަނީ ހިތަދޫ، ޅަރީތިގެ، މުޙައްމަދު ޝާޙް ހަސަން، 42، އެވެ.

ޝާޙް ހޯދަނީ ޙުކުމް ތަންފީޒް ކުރަމުގެ މައްސަލައަކާ ގުޅިގެން، ސިވިލް ކޯޓަށް ހާޒިރު ކުރުމަށް ބޭނުންވެ ހާޒިރު ކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން މި މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 1:20 އަށް ސިވިލް ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

އެހެންވެ އޭނާއާ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުއްވައި ހިއްސާ ކުރަން ފުލުހުން ވަނީ އެދިފަ އެވެ.