ކުއްލި ހާލަތުގެ ދަށުން މަޝްހޫރު ގާނޫނީ ވަކީލް އަދި ރައީސް މުހައްމަދު ނަޝީދުގެ ކޮކޯފުޅު ނާޒިމް ސައްތާރު ހައްޔަރުކޮށްފިއެވެ.
ނާޒިމް ސައްތާރު ހައްޔަރުކޮށްފައި ވަނީ ކޮން ސަބަބަކާ ގުޅިގެން ކަން ސާފެއް ނުވެއެވެ. ކުއްލި ހާލަތުގެ ދަށުން ހައްޔަރު ކުރާ ގިނަ މީހުންގެ ވަކީލަކަށް ވަޑައިގަންނަވާ ނާޒިމް ހައްޔަރު ކުރެއްވި އިރު ފަހަކަށް އައިސް ނާޒިމް ގެންދަވަނީ ދޫނިދޫ ޖަލުން ފެންނަ އަދި ދިމާވާ ހާދިސާ ތަކުގެ ވާހަކަ ޓްވިޓަގައި ހިއްސާ ކުރައްވަމުންނެވެ.
އެގޮތުން ދޫނިދޫ ޖަލުގައި ހައްޔަރުކޮށްފައިވާ މާދޫންޏެއްގެ ވާހަކަ އާއި ކުރީގެ ކަމިޝްނާ އޮފް ޕޮލިސް އަހުމަދު އަރީފްގެ ވާހަކައިގެ އިތުރުން ހޯމް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ތަމްޒީލް އަބްދުއްސަމަދާއި ގުޅޭ ޓްވީޓުތަކެއް ވަނީ ކުރައްވައިފައެވެ.