Last Updated: June 17, 06:02
Wednesday, June 17, 2026
ޚަބަރު

ނަޝީދާ އެކު ގައުމީ މަޖިލީހުގެ ޖަލްސާއެއް މާދަމާ ރޭ

އެމްޑީޕީގެ އިންތިހާބީ އާ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ރިޔާސަތުގައި ބާއްވާ ގައުމީ މަޖިލީހުގެ ފުރަތަމަ ޖަލްސާ މާދަމާ ރޭ ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.

ގައުމީ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ގައުމީ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަށް ހުށަހެޅުއްވީ ނަޝީދެވެ. އެ ހުށަހެޅުއްވުމާއެކު ގައުމީ މަޖިލިސްގައި ތިއްބަވާ ގިނަ މެންބަރުން ވަނީ ޖަލްސާ ބޭއްވުމަށް ތާއީދުކުރައްވާ ލިސްޓުގައި ނަން ޖައްސަވާފަ އެވެ. ނަ

އެކަމަކު އެ ޖަލްސާގެ އެޖެންޑާގައި ހިމެނެނި ކޮންކޮން ކަންތައްތަކެއް ކަމެއް ސާފެއް ނުވެ އެވެ.

މާދަމާ ރޭ ގައުމީ މަޖިލިސް ޖަލްސާގެ ބާއްވާ އިރު، އެމްޑީޕީގެ މަޖިލިސް މެންބަރުންނާ ނަޝީދު ނުރަސްމީކޮށް މިރޭ 09:00 ޖަހާއިރު އެމްޑީޕީ ހަރުގޭގައި ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.

ކުރިން ވެސް އެމްޑީޕީގެ ޗެއާޕާސަންކަމާއި ރައީސްކަން ވެސް ކުރެއްވި ނަޝީދު އަލުން އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވަޑައިގަތީ ހުކުރު ދުވަހު ބޭއްވި އިންތިހާބުގަ އެވެ. އެ އިންތިހާބުގައި އެ މަނިކުފާނާ ވާދަކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް ނަސީމެވެ.

ނަޝީދު މިއަދު މީކާއީލާ ބައްދަލު ކުރެއްވި އެވެ.