އައްޑޫ ކައުންސިލުން މާލެ އަށް ކުރަމުން އަންނަ ރަސްމީ ދަތުރުގެ ތެރެއިން ފެނަކައާ ބައްދަލު ކުރުމުގެ ތެރެއިން.
މި ބައްދަލުވުމުގައި، އައްޑޫގެ މަރުކަޒީ އިންޖީނުގޭހެ މައްސަލަތަކާ ގުޅިގެން ގިނަ ދުވަހު އައްޑޫގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑުމުގެ ސަބަބުން އާމުންނަށް ދިމާވާ އުނދަގޫތަކާ ގުޅޭ ގޮތުންނާއި، ފެނާއި ނަރުދަމާ އަކީ ރައްޔަތުންނަށް ދޭން ޖެހޭ އަސާސީ ހިދުމަތަކަށް ވިޔަސް އައްޑޫގެ ރައްޔަތުންނަށް އެ ހިދުމަތްތައް ފުރިހަމައަށް ނުލިބި، ދިމާވާ މައްސަލަތައް ހައްލު ނުކުރެވި ދާތީ ކައުންސިލްގެ ކަންބޮޑުވުމާ ގުޅޭ ގޮތުންނާއި އައްޑޫގެ ސޯލާ ޕެނަލް ކޯޓާއާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ކައުންސިލުން ބުނޭ.