ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ޓީމަކުން އައްޑޫ ސިޓީ ކައުންސިލާ އެކު ސެޕްޓެމްބަރު 22 ވަނަ ދުވަހު ބޭއްވި ބައްދަލުވުން. މި ބައްދަލުވުމުގައި، ދެ އިދާރާގެ މަސައްކަތްތަކަށް ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށް، އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމުގައި ދެ މުއައްސަސާގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވޭ.