Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

އީސީސީ ސަރަހައްދުން ނެގި ގޯތި އަންނަ ހަފުތާގައި ދޫކުރަނީ

އައްޑޫ ކޮންވެންޝަން ސެންޓަރު (އީސީސީ) ހުންނަ ސަރަހައްދުން އެމްޑީޕީ ސަރުކާރުން އަތުލާފައިވާ ގޯތިތައް އަންނަ ހަފުތާގައި ދޫކުރާނެކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އީސީސީ ސަރަހައްދުން ނެގި ގޯތިތައް އަލުން ދޫކުރުމަށް ރައީސް ޔާމީން ނިންމަވާފައިވާ ކަމަށެވެ. އަދި އަންނަ ހަފްތާ ތެރޭގައި ގޯތި ދޫކުރަން ފެށޭނެކަމަށް މުއިއްޒުގެ ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.

މުއިއްޒު މިފަދަ ޓްވީޓެއް ކުރެއްވި އިރު އީސީސީ ސަރަހައްދުން ނެގި ގޯތި ދޫކުރައްވާނެކަމަށް މިއަހަރުގެ މާޗުމަހުގެ 30 ވަނަ ދުވަހުގެ ރޭވެސް ވަނީ ވިދާޅުވެފައެވެ.

ޓީވީއެމްއިން ގެނެސްދިން ޕްރޮގްރާމެއްގައި އެދުވަހު މުއިއްިޒު ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ކުރައްވަން ޖެހިވަޑައިގެންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު "ހޭވި ހަޑި" ސާފުކޮށް ތާކުންތާކުނުޖެހޭ ގޮތަށް ކުރައްވާފައި ހުންނެވި ކަންކަން ރަނގަޅުކުރުމުގެ މަސައްކަތްތައް ކަމަށެވެ.

އެގޮތުން އައްޑޫން ދޫކުރި ގޯތިތަކަކީ ވެސް އެފަދަ އެއް މަސައްކަތް ކަމަށާއި އެ ގޯތިތައް އަލުން ރައްޔިތުންނަށް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވިދާޅުވި އެވެ.

މުއިޒް ރޭ ވަނީ އީސީސީ ހިމެނޭ މާމެންދޫ ސަރަހައްދުން ކުރިް ގޯތި ލިބުނު މީހުން ވީހާ ވެސް އަވަހަކަށް އެ މީހުންނަށް ގޯތި ލިބުނުކަން ހެއްކާ އެކު މިނިސްޓްރީއަށް ހުށަހެޅުމަށް އެދިވަޑައިގެންފަ އެވެ.