Last Updated: April 16, 13:42
Tuesday, April 16, 2024
ޚަބަރު

ރޮޒޭނާގެ ކެމްޕެއިން ޕޯސްޓަރަކަށް ގެއްލުން ދީފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އައްޑޫ މީދޫ ދާއިރާ އަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ރޮޒެއިނާ އާދަމްގެ ކެމްޕެއިން ޕޯސްޓަރަކަށް ގެއްލުން ދީފިއެވެ.

މިކަމާ ގުޅިގެން ރޮޒެއިނާ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެހެން މީހުންގެ ކެމްޕެއިން ތަކެތި ހަލާކު ކުރުމަކީ ގާނޫނީ ކުށެއް ކަމަށާއި، ހަޖަމް ނުވީތޯ ސުވާލު ކުރައްވާފައެވެ.

"ހަޖަމެއް ނުވިދޯ؟ އެހެން މީހުންގެ ކެމްޕެއިން މެޓީރިއަލް ހަލާކު ކުރުމަކީ ގާނޫނީ ކުށެއް!" ރޮޒޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ރޮޒެއިނާ ވަނީ މިކަމާ ގުޅިގެން އެހެން އެއްވެސް ކެންޑިޑޭޓެއްގެ އެއްވެސް ކެމްޕެއިން ޕޯސްޓަރަކަށް ނުވަތަ އެހެން އެއްޗަކަށް ވެސް އޭނާގެ ކެމްޕޭން ޓީމުގެ އެއްވެސް މީހަކު ގެއްލުން ނުދިނުމަށް ވެސް އިލްތިމާސްކޮށްފައެވެ.

"މިކަހަލަ ކަންކަން މީހުން ކުރަނީ ބަލިވާކަން ޔަގީންވީމަ. އަޅުގަނޑުމެންގެ ޓީމުން އިންޝާﷲ މި އިންތިހާބު ކާމިޔާބު ކުރާނެ" ރޮޒެއިނާ ވިދާޅުވިއެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރުކަން މިހާރު ވެސް ކުރައްވަމުން ގެންދަވަނީ ރޮޒެއިނާ ކަމަށްވާއިރު، އިންތިހާބުގައި އޭނާއާ ދެން ވާދަކުރަނީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް މުހައްމަދު ފަރުހާދުގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރައްވާ އަބްދުއްރަހުމާނުއެވެ.