Last Updated: April 24, 10:23
Wednesday, April 24, 2024
ޚަބަރު

މެޖޯރިޓީ ނުލިބިއްޖެނަމަ ބަޢާވާތް ކުރާނެ: ރައީސް

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓުންނަށް މެޖޯރިޓީ ނުލިބިއްޖެ ނަމަ 2012 ވަނަ އަހަރު ކުރިފަދަ ބަޢާވާތަށް މިސްރާބު ޖަހާފާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ނ. ވެލިދޫގައި އެމްޑީޕީން ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ގިނަ ވައުދު ތަކަކާއި އެކު ކަމަށެވެ. އަދި އެވައުދު ތައް ފުއްދެން އޮތީ "އެޖެންޑާ 19"އަށް ތާއިދު ކުރާ ކެންޑިޑޭޓުންނަށް ރައްޔިތުން ވޯޓުދީ މަޖްލިސްއަށް ހޮވައިގެން ކަމަށެވެ.

ރައީސް ވިދާޅުވީ މަޖްލިސް އައުލަބިއްޔަތު ނުލިބިއްޖެ ނަމަ ސަރުކާރު ހުއްޓި ބޮޑު ބަޣާވާތަކާ ދިމާލަށް އަނެއްކާވެސް ގައުމު މިސްރާބު ޖަހާފާނެ ކަަމަށެވެ.

އެމްޑީޕީގެ ވެރިކަން 2012 ވަނަ އަހަރު ވައްޓާލީ 2009 ވަނަ އަހަރުގެ މަޖްލިސް އިންތިހާބުން އެމްޑީޕީ ނާކާމިޔާބުވެ މަޖްލިސް ތެރެއިން ބަލިކަށިވެފަިއވަނިކޮށް ފުލުހުންނާއި ސިފައިން ނިކުމެއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ރައްޔިތުންގެ މަންފާއަށް ކުރަން އުޅުނު ގިނަ ކަންކަމަށް އޭރު ހުރަސް އަޅާފައިވަނީ މަޖްލިސްގެ މެޖޯރިޓީ އޮތް އިދިކޮޅު ފަރާތްތަކުންނެވެ.