Last Updated: May 3, 22:21
Friday, May 3, 2024
ޚަބަރު

އެޖެންޑާ 19 އަކީ ހުރިހާ ކަނޑަކަށް ހެޔޮވަރު އޮޑިއެއް: ނަޝީދު

އެމްޑީޕީން އަންނަ މަޖްލިސްއަށް ތައްޔާރުކޮށްފައިވާ އެޖެންޑާ 19 އަކީ ހުރިހާ ކަނޑަކަށް ހެޔޮވަރު ނުފެތޭނެ އޮޑިއެއް ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މާފަންނު މަދަރަސާގައި ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ބޮޑު ތިލަދުންމައްޗަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެޖެންޑާ 19 އަކީ ރާއްޖެ އަމާން އައްސޭރިއަށް ގެނެސްދޭނެ އޮޑިކަމަށެވެ.

"ގައުމެއްގެ ހަޔާތެއްގައި އަންނާނެ ދަންޑިވަޅުތަކެއް، ހިނދުކޮޅުތަކެއް. އެއީ ޤައުމު އެއްޙާލަތުން އަނެއް ޙާލަތަށް ބަދަލުކޮށްދޭ ވަގުތުތައް. އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ބޮޑު ތިލަދުންމަތި މިއަދު މިދެކެނީ އެފަދަ އެނބުރުމެއް. އެފަދަ ބަދަލުވުމެއް. އަޅުގަނޑުމެން މި ތިބީ އެފަދަ ބަދަލުވުމެއްގެ ތެރޭގައި. މިތިބެވެނީ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައި. މިއަދު ތިލަދުންމަތީގެ ރައްޔިތުންނަށް ހަރާބުގެ މަގުވެސް އިޚްތިޔާރު ކުރެވިދާނެ. އަދި ސަލާމަތުގެ އައްސޭރިވެސް އިޚްތިޔާރު ކުރެވިދާނެ. އެޖެންޑާ 19 އަކީ ތަރަށްގީގެ ތަސައްވުރެއް އެއީ ސަލާމަތުގެ އައްސޭރިއަށް ގެންގޮސްދޭނެ އޮޑި. އެއޮޑިއެއް ނުފެތޭނެ ހުރިހާ ކަނޑަކަށް އެ އޮޑި ހެޔޮވަރުވާނެ،"

ނަޝީދު ވިދާޅުވީ ރާއްޖެއަށް ސުލްހަވެރި ސިޔާސީ ހަރަކާތް ގެނައުމުން އޭރު ބުނަމުން ދިޔައީ އެއަށް ވުރެ ގޯސް ކަމެއް އެއްޗެއް ދުނިޔޭގައިވެސް ނެތް ކަމަށެވެ. އަދި އެދުވަހު ސިޔާސީ ޕާޓީތައް ގޯސްވެގެން އުޅުނު މީހުން ތަފާތު އެކި ނަންތަކުގައި ސިޔާސީ ޕާޓީ ހަދައިގެން ވެރިކަން ނިންމާލާފައި ދިޔައިރުވެސް ރައްޔިތަކަށްވީ ފައިދާއެއް ނެތް ކަމަށެވެ.

އެމްޑީޕީއަކީ ވައުދު ފުއްދާ އަދި ވައުދުވާ ޕާޓީއެއް ކަމަށާއި އިދިކޮޅު ފަރާތްތަކަށް ކެމްޕެއިން ކުރާނެ ގޮތާއި ވައުދުވާނެ ގޮތްވެސް ނޭގޭ ކަމަށެވެ.