Last Updated: April 24, 20:49
Wednesday, April 24, 2024
ސިޔާސީ

އައްދުއަށް މަރަދޫފޭދޫ އާއި މީދޫން ހޫނު މަރުހަބާއެއް!

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓު އަބްދުއްރަހްމާން (އައްދު) އަށް ދާއިރާގެ ދެ ރަށް ކަމަށްވާ މަރަދޫފޭދޫ އަދި މީދޫން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ޓީވީއެމް ބަހުސްއަށް ފަހު މިއަދު ހަވީރު އައްދު އައްޑޫއަށް އައުމުން މަރަދޫފޭދޫގެ ރައްޔިތުން ވަނީ ގަން އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި މަރަދޫފޭދޫގެ ސަޕޯޓަރުންގެ ފަރާތުން ހާއްސަ ހަވީރެއް ބާއްވާފައިވެއެވެ.

މަރަދޫފޭދޫއަށް ފަހު އައްދު މީދޫއަށް ދިއުމުން އެތައް ބަޔަކުވަނީ މީދޫ ބަނދަރު ސަރަހައްދުން ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޓީވީއެމް ބަހުސްގައި އައްދު ދެއްކި ވާހަކަތަކާއި ގުޅިގެން އެތައް ބައެެއްގެ އުންމީދު ވަނީ އާވެފައެވެ. އަދި ދެ ރަށުން އައްދު އަށް އޮތް ތާއިދު ވަނީ އިތުރުވެފައެވެ.

ދާއިރާގެ ހާލަތާއި ގުޅޭގޮތުން އައްދު ބަހުސްގައި ފާހަގަކޮށްފައިވާ ޕޮއިންޓް ތަކާއި މެދު ރައްޔިތުން ތިބީ ވަރަށް ހިތްހަމަޖެހިފައެވެ. އައްދު ވިދާޅުވީ އޭނާ މީދޫ ދާއިރާއަށް ނިކުތީ ސީދާ ރައްޔިތުންގެ އަޑު މަޖްލީހުގައި އިއްވުމަށް ކަމަށާއި، ދާއިރާގެ ރައްޔިތުން ނޭދޭ ގޮތަކަށް ވޯޓުދީ، ވޯޓު ނުވިއްކާނެކަމަށެވެ.

މީގެ އިތުރުން މީދޫ، މަރަދޫފޭދޫ ރައްޔިތުން ބޭނުންވާ ގިނަ ކަންކަން މަޖްލިސް ތެރެއިން ވަކާލާތުކޮށްދޭނެކަމަށް އައްދު ވަނީ ބަހުސްގައި ވައުދުވެފައެވެ.