Last Updated: April 20, 08:59
Saturday, April 20, 2024
ޚަބަރު

ކާރެެއް ކޮންޓްރޯލް. ނުވެ ހުޅުމާލެ ގަސްތަކުގެ ތެރެއަށް ވަދެއްޖެ

ހުޅުމާލެ ރީތިގަސް މަގުން ދުއްވާފައި ދިޔަ ކާރު ކޮންޓްރޯލު ނުވެ އެ ސަރަހައްދުގެ ގަސްތަކުގެ ތެރެއަށް ވަދެއްޖެއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 7:02 ހާއިރު ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށެވެ. މި ހާދިސާ ހިނގިއިރު ކާރުގައި އިނީ ޑްރައިވަރު އެކަނިއެވެ. އޭނާއަށް އަނިޔާއެއް ނުވެ ސަލާމަތްވި ނަމަވެސް ކާރުގެ ބަފަރު ނެއްޓި އެކިވަރުގެ ގެއްލުން ކާރަށް ލިބިފައިވާ ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ތަހްގީގު ކުރަމުންނެވެ.

ރަމަޟާން މަހުގެ ފުރަތަމަ ދުވަހު އެމްޓީސީސީ ބަސް ދުއްވަންއިން ޑްރައިވަރު ނިދިގެން ހިނގި ހާދިސާއެއްގައި ފަތުރުވެރިއަކުވަނީ ބަސް ދަށުވެ މަރުވެފައެވެ. އަދި އޭގެ ފަހުން އެހެން ބަސް ޑްރައިވަރަކު ނިދިޖެހިގެންވަނީ ހުޅުމާލޭގައި ދުއްވާފައި ދިޔަ ކާރެއްގައި ޖެހި އެކްސިޑެންޓު ވެފައެވެ.