Last Updated: April 25, 10:47
Thursday, April 25, 2024
ޚަބަރު އެކްސިޑެންޓް

ޕިކަޕެއް ކޮންޓްރޯލުން ނެއްޓި ހޮޅިދަނޑިއަކަށް އަރައިފި

ކޮންޓްރޯލުން ނައްޓައި ހޮޅިދަނޑިއަށް ޕިކަޕު އަރާފައި -- ފޮޓޯ / ކުޅުދުއްފުށީ އޮންލައިން

ހދ. ކުޅުދުއްފުށީ އަމީނީމަގުގައި ދުއްވާފައި ދިޔަ ޕިކަޕެއް ކޮންޓްރޯލް ނުވެގެން ގޮސް މަގު މެދުގައި ހުރި ހޮޅި ދަނޑިއަކަށް އަރައިފިއެވެ.

މިއަދު ހެނދުނު ނުވައެއްޖަހާކަށް ހާއިރު ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައިނުވި ނަމަވެސް ޕިކަޕު ޖެހުނު ހޮޅިދަނޑި ވަނީ އެއްކޮށް ވެއްޓިފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއިން ފެންނަ ގޮތުގައި ހޮޅިދަނޑީގައި ޖެހިފައިވަނީ ކުޑަ ޕިކަޕެކެވެ.

ހޮޅިދަނޑީގައި ޖެހުނުލެއް ބާރުކަމުން ޕިކަޕަށް އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.