Last Updated: April 26, 20:05
Friday, April 26, 2024
ޚަބަރު

ރޯދަ މަހު މާލޭގައި 200 އަށްވުރެ ގިނަ އެކްސިޑެންޓު

ރަމަޟާން މަސް ނިމެން ކައިރި ވެފައިވާއިރު މިއަހަރުގެ ރަމަޟާން މަހުގައި މާލޭގައި އެކަނިވެސް 221 މަގުމަތީ އެކްސިޑެންޓު ހިނގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ޓްރެފިކް ޕޮލިސްގެ ތަފާސް ހިސާބުތައް އާންމުކޮށްފައިވާއިރު މާލޭގައި ހިނގި 221 އެކްސިޑެންޓުގައި 54 މީހަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބި ފަރުވާ ހޯދާފައެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރޯދަ މަހުގައިވެސް އެންމެ އެކްސިޑެންޓު ގިނަ ވެގެން ގޮސްފައިވަނީ ނިމިގެން ދިޔަ ހަފުތާގައެވެ. އެ ހަފްތާގައި 64 އެކްސިޑެންޓު ހިނގައި 17 މީހަކު ވަނީ އަނިޔާވެ ފަރުވާ ހޯދާފައެވެ.

މާލޭގައި އާންމުކޮށް އެކްސިޑެންޓު ހިނގަނީ ސިނަމާލެ ބްރިޖާއި ބްރިޖަށް ދާމަގުތައް އަދި ހައިވޭ އާއި ތާރު އެޅި މަގުތަކުގައެވެ.