Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު ރައީސް ނަޝީދު

ނަޝީދު ދެކުނު މަހާސިންތާއަށް ވަޑައިގެންނެވި މައްސަލަ އޭސީސީއަށް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެކުނު މަހާސިންތާގައި ބައިވެރިވުމަށް ގއ. ވިލިނގިއްޔަށް ކުރެއްވި ދަތުރުފުޅެއްގެ މައްސަލައެއް އޭސީސީން ބަލަން ފަށައިފިއެވެ.

އޭސީސީން ބަލަމުން ދަނީ މިއަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ގއ. ވިލިނިގިލީގައި ބޭއްވި ދެކުނު މަހާސިންތާގައި ބައިވެރިވުމަށް ރައީސް ނަޝީދު އެރަށަށް ކުރެއްވި ދަތުރުފުޅުގެ ޓިކެޓު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ހަރަދުގައި ނަންގަވާފައިވާ ކަމަށް ބުނާ މައްސަލައެކެވެ. އޭސީސީން ވަނީ މިފަދަ މައްސަލައެއް ބަލަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

ދެކުނު މަހާސިންތާއަކީ ހުވަދޫ، އައްޑޫ އަދި ފުވައްމުލަކު ކައުންސިލްތަކުން ގުޅިގެން ބާއްވަމުން އަންނަ ސިލްސިލާ މަހާސިންތާ އެކެވެ. ނަޝީދު ވަނީ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް ފަހު ފުވައްމުލަކާއި އައްޑޫއަށް ވަޑައިގެންފައެވެ.