Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު ކައުންސިލް އިންތިހާބް

ކައުންސިލް އިންތިހާބަކީ ރާއްޖެ ސަލާމަތް ކުރުމަށް ލިބޭ ފަހު ފުރުސަތު: އަދުރޭ

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ސަލާމަތް ކުރުމަށް ދިވެހިންނަށް ލިބޭ އެންމެ ފަހު ފުރުސަތަކީ އަންނަ ލޯކަލް ކައުންސިލް އިންތިހާބު ކަމަށާއި، ރާއްޖެއަށް ކުރިމަގެއް އޮތީ ޕީޕީއެމްއަށް ވޯޓު ދީގެން ކަމަށް ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިހާބަށް ޕީޕީއެމް/ޕީއެންސީން ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަކީ ދިވެހި ރާއްޖެ ސަލާމަތް ކުރުމަށް ލިބޭ އެންމެ ފަހު ފުރުސަތު ކަމަށެވެ.

އަދުރޭ ވިދާޅުވީ މި ފަހަރުގެ އިންތިހާބުން އެމްޑީޕީ އާއި ސަރުކާރު ކޯލިޝަން ބޮޑުތަނުން ބަލި ކުރާނެކަމަށެވެ. އެގޮތުން ޕީޕީއެމްއިން މިހާތަނަށް ގިނަ ބަޔަކު ކައުންސިލް އިންތިހާބަށް ވާދަކުރުމަށް ޕީޕީއެމްއަށް ހުށަހަޅަމުން އަންނަ ކަމަށެވެ.

އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި މިފަހަރު އެއް ދާއިރާއަށް އެކަކަށްވުރެ ގިނަ ބަޔަކު ކުރިމަތިލައިފި ނަމަ އެ ދާއިރާއެއްގެ ޕްރައިމަރީ ބާއްވާނެ ކަމަށެވެ. އަދި ޕްރައިމަރީން މޮޅުވާ ފަރާތެެއްގެ ފަހަތަށް ބަލިވާ މީހުން އަރަން އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަކީ ރައީސް ޔާމީން މިނިވަން ކުރުމަށްވެސް ޕާޓީގެ މެމްބަރުންނާއި ދިވެހި ރައްޔިތުންނަށް ލިބޭ ފުރުސަތެވެ.