Last Updated: April 26, 06:14
Friday, April 26, 2024
ޚަބަރު ކޮރޯނާ ވައިރަސް

މެލޭޝިޔާ އަދި އޮސްޓްރޭލިއާ އިން ވެސް ވައިރަސް ފެނިއްޖެ

ހަލުވިކަމާއެކު ފެތުރެމުން އަންނަ ނުރައްކާތެރި ކޮރޯނާ ވައިރަސް މެލޭޝިޔާ އަދި އޮސްޓްރޭލިއާ އިން ފެނިއްޖެއެވެ.

ގިނަ އަދަދެއްގެ ދިވެހިން ކިޔެވުމަށާއި ވަޒީފާގައި ދިރިއުޅޭ ދެގައުމު ކަމަށްވާ އޮސްޓްރޭލިއާ އަދި މެލޭޝިޔާއިން ވައިރަސް ފެނިފައިވާ ކަން އެގައުމުތަކުން ވަނީ މިހާރު ކަށަވަރުކޮށްދީފައެވެ.

ހަލުވި ކަމާއެކު ގައިން ގަޔަށް އަރާ މިވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާ އިންނެވެ. ޗައިނާގެ ވޫހާން ސްޓޭޓުން ވައިރަސް ފެތުރެން ފެށުމުން އެގައުމުން ވަނީ އެ ސްޓޭޓް މިހާރު ބަންދުކޮށްފައެވެ.

ނަމަވެސް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުން މިހާރު ވަނީ ވައިރަސް ފެނިފައެވެ. އެންމެ ދުރުން އެމެރިކާ، ޔޫރަޕުން ފްރާންސް އަދި މެދު އިރުމަތިން ސައުދީ އަރަބިއްޔާ އިން ވެސް ވައިރަސް ވަނީ ފެނިފައެވެ.

މިދުވަސްވަރު އެއްވެސް ފަރާތަކުން، ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ އާންމު ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.