Last Updated: April 18, 18:36
Thursday, April 18, 2024
ޚަބަރު ކޮރޯނާ ވައިރަސް

ދިވެހިން ކެރެލާއަށް ދަތުރު ނުކުރަން އިލްތިމާސްކޮށްފި

ދިވެހިން ކެރެލާއަށް ދަތުރު ނުކުރަން ސަރުކާރުން އިލްތިމާސްކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާގެ ކެރަލާ ސްޓޭޓުގައި ނޮވެލް ކޮރޯނާ ވައިރަހަށް ތިން މީހަކު ޕޮޒިޓިވްވުމާއެކު، އެ ސްޓޭޓުން ވަނީ "ސްޓޭޓް އޮފް ކެލެމިޓީ" އެއް އިއުލާން ކޮށްފައި ކަމަށެވެ.

"ވީމާ، މި "ސްޓޭޓް އޮފް ކެލެމިޓީ" ދެމިއޮތްހާ ހިނދަކު، ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ، ދިވެހިން ކެރަލާއަށް ދަތުރުނުކުރުމަށް އިލްތިމާސްކުރަމެވެ" އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި މި ވަގުތު އިންޑިއާގެ އެކި ސްޓޭޓުތަކުގަ އާއި ވަކިން ޚާއްސަކޮށް ކެރަލާ ސްޓޭޓުގައި ދިރިއުޅޭ އަދި އެ ގައުމަށް ޒިޔާރަތް ކުރާ ދިވެހީން އެ މިނިސްޓްރީ ނުވަތަ އިންޑިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަން ނުވަތަ ތިރުވަނަންތަޕޫރަމުގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލްގައި ރަޖިސްޓްރީވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން އިންޑިއާގެ ކަމާބެހޭ އިދާރާތަކުން މި ބައްޔާގުޅޭގޮތުން ދެއްވާ އިރުޝާދުތަކަށް ސަމާލުކަންދިނުމަށާއި އަމަލުކުރުމަށްވެސް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.