Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު ކޮރޯނާ ވައިރަސް

ކޮވިޑް 19: އެސްޓީއެލްއިން ދަތުރުވެރިންގެ ސަލާމަތަށް ހާއްސަ ފިޔަވަޅުތަކެއް!

އައްޑޫ އާއި ފުވައްމުލަކުގެ އެއްގަމާއި ކަނޑުގެ ދަތުރުފަތުރުގެ ހިދްމަތް ފޯރުކޮށްދޭ ކުންފުނި ސަދަން ޓްރާންސްޕޯޓު ލިންކު (އެސްޓީއެލް)އިން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ފިޔަވަޅުތަކެއް އަޅައިފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ދަށުން ހިންގަމުން އަންނަ ސަދަން ޓްރާންސްޕޯޓު ލިންކުގެ މުވައްޒަފުން ވަނީ ކޮވިޑް 19 އިން ރައްކާތެރިވުމުގެ ގޮތުން އެތަނުގެ ދަތުރުފަތުރަށް ބޭނުން ކުރާ ލޯންޗު ފަހަރާއި، ފެރީ ދޯނި އަދި ބަސްތައް ވަނީ ސެނިޓައިޒްކޮށްފައެވެ. މީގެ އިތުރުން ހުޅުމީދޫ އާއި ފޭދޫގެ ފެރީ ޓާމިނަލްވެސް ވަނީ ސެނެޓައިޒްކޮށްފައެވެ.

އެސްޓީއެލްއިން ބުނީ އެކުންފުނީގެ ދަތުރުފަތުރު ނިޒާމު ބޭނުން ކުރާ ފަރާތްތަކުގެ އާއްމު ސިއްހަތަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށާއި، ދަތުރުފަތުރުގައި ބޭނުން ކުރާ ހުރިހާ ވެހިކަލަކާއި އުޅަނދެއް ސެނެޓައިޒްކޮށް ސަރުކާރުން ކޮވިޑް 19 އާއި ގުޅިގެން ތައްޔާރުކޮށްފައިވާ އެސްއޯޕީ ތަކާއި އެއްގޮތަށް ކުރިއަށް ގެންދާނެ ކަމަށެވެ.

ސަދަން ޓްރާންސްޕޯޓު ލިންކަކީ ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ ބަޔަކު ދަތުރުފަތުރު ކުރުމަށް ބޭނުންކުރާ ނިޒާމެކެވެ. އެސްޓީއެލް އަކީ ހުރިހާ ރައްޔިތުންގެ މެދުގައިވެސް ވަރަށް އިތުބާރު ހިފޭ ދަތުރުފަތުރުގެ ނިޒާމެކެވެ.