Last Updated: April 18, 22:36
Friday, April 19, 2024
ޚަބަރު ކޮރޯނާ ވައިރަސް

ކޮވިޑް 19: ސްކޫލްތައް ބަންދު ކުރުމަށް މެޑިކަލް އެސޯސިއޭޝަނުން ގޮވާލައިފި

މެޑިކަލް އެސޯސިއޭޝަންގެ ޑޮކްޓަރުން

ރާއްޖެއިން ކޮވިޑް 19 ފެނުމާއި ގުޅިގެން ސްކޫލްތައް ބަންދު ކުރުމަށް މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނުން (އެމްއެމްއޭ) ސަރުކާރަށް ގޮވާލައިފިއެވެ.

އެމްއެމްއޭއިން މިއަދު ކުރެެއްވި ޓްވީޓެއްގައި ބުނެފައިވަނީ ރާއްޖެއިން ކޮވިޑް 19 ފެނުމާއި ގުޅިގެން ސްކޫލްތައް ވަގުތީގޮތުން ބަންދުކުރުމަށް ގޮވާލާ ކަމަށެވެ.

އެމްއެމްއޭއިން އިން މިގޮތަށް ގޮވާލިއިރު ކޮވިޑް 19 އާއި ގުޅިގެން ސަރުކާރުން އުފައްދަވާފައިވާ ޓާސްކް ފޯސް ކޮމެޓީގެ ސްޕޯކްސް ޕާސަން މަބްރޫކު އަޒީޒު ވިދާޅުވީ އަދި މިހާތަނަށް ސްކޫލް ބަންދު ކުރުމަށް ނިންމާފައި ނުވާކަމަށެވެ. ނަމަވެސް ހާލަތު ބަދަލުވެދާނެކަމަށް މަބްރޫކު ވަނީ ވިދާޅުވެފައެވެ.

ކުޑަކުދިންގެ ބަަލިތަކުގެ ޚާއްސަ ޑރ. އަބްދުﷲ ނިޔާފްވެސް މިއަދު ވަނީ ސްކޫލް ބަންދު ކުރުމަކީ މިވަގުތަށް ބުއްދިވެރިކަމެއް ކަމަށް ވިދާޅުވެފައެވެ.

ސޯޝަލް މީޑިޔާގައި އާންމު ރައްޔިތަކު ކޮށްފައިވާ ޓުވީޓަކަށް ޖަވާބު ދެއްވަމުން ޑރ ނިޔާފް ވިދާޅުވީ ބުއްދިވެރި ގޮތަކީ މި ވަގުތު ސްކޫލްތައް ބަންދުކުރުން ކަމަށެވެ.

އަދި ސްކޫލްތައް ހުޅުވުމުގެ ބަދަލުގައި މި ވަގުތު މަތީ ގްރޭޑްތަކުގައި ކިޔަވަމުން އަންނަ ދަރިވަރުންނާއި ކޮލެޖްތަކުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް އޮންލައިން ޕްލެޓް ފޯމް މެދުވެރިކޮށް ކިޔަވައިދިނުން މުހިއްމު ކަމަށް ޑރ ނިޔާފް ވަނީ ވިދާޅުވެފައެވެ.

މިޓްޑާމް ބްރޭކަށް ސްކޫލްތައް މިވަގުތު ޗުއްޓީގައި އޮތްއިރު، ސްކޫލުތައް ދެން ހުޅުވޭނީ އަންނަ އާދިއްތަ ދުވަހުއެވެ