Last Updated: April 20, 14:10
Saturday, April 20, 2024
ޚަބަރު ކޮރޯނާ ވައިރަސް

ކޮވިޑް 19: ރާއްޖެއިން ޕޮޒިޓިވް މީހުންގެ އަދަދު 8 އަށް!

* މިއަދު ދެމީހަކު ބައްޔަށް ޕޮޒިޓިވް ވެއްޖެ، ޕޮޒިޓިވް ވީ ކުރަމަތި ރިސޯޓުގެ ދެ ބިދޭސީން
* ފަރުކޮޅުފުށީގެ އައިސޮލޭޝަންގައި 15 މީހުން
* ވިލިވަރުގައި 9 މީހަކު ކަރަންޓީނު ކުރެވިފައި

ކުރަމަތި ރިސޯޓު

ކޮރޯނާވައިރަހަށް ރާއްޖެއިން އިތުރު ދެ މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ކުރަމަތި އައިލޭންޑް ރިސޯޓުން ކޮވިޑް19 އަށް ޓެސްޓްކުރި ދެ ބިދޭސީއެއްގެ ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އަދި ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތްތައް ކުރިއަށްދާތީ، އެ ރިސޯޓަށް އަރައިފޭބުން އަދިވެސް އޮތީ ހުއްޓާލެވިފައި ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

އެ ދެ މީހުންނާއެކު ރާއްޖެއިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 8 އަށް އަރާފައެވެ.

މި ބައްޔަށް މީގެކުރިން ޕޮޒިޓިވްވި ހަ މީހުންނަކީ ކުރެއްދޫ ރިސޯޓުގެ ހަތަރު މީހަކާއި، ބަތަލާ އައިލޭންޑް ރިސޯޓުގައި ތިބި ދެ ފަތުރުވެރިންނެވެ.

ސަރުކާރުން މިހާރު ވަނީ ކުރެއްދޫ އައިލޭންޑް ރިސޯޓާއި، ބަތަލާ އައިލޭންޑް ރިސޯޓަށް އަރައި ފޭބުން މަނާކޮށްފައެވެ.

ރާއްޖެއިން ހަ މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވާތީ ސަރުކާރުން ވަނީ މުޅި ރާއްޖެއަށް ޔެލޯ އެލާޓު ވެސް ނެރެފައެވެ. ޔެލޯ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތުގަ އެވެ.