Last Updated: April 25, 09:40
Thursday, April 25, 2024
ޚަބަރު ކޮރޯނާ ވައިރަސް

ރައީސް ސޯލިހު މިއަދު ގައުމާ މުހާތަބު ކުރައްވަނީ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު މެންދުރު ގައުމާ މުހާތަބު ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސް ސޯލިހު ގައުމާ މުހާތަބު ކުރައްވަން ހަމަޖެހިފައި މިވަނީ ކޮވިޑް19 ރާއްޖެއިން ފެނިފައިވާއިރު ރައީސް ސޯލިހު ގައުމާ މުހާތަބު ނުކުރައްވާތީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ރައީސް އޮފީހުން ބުނީ މިއަދު 2:00ގައި ރައީސް ގައުމާ މުހާތަބު ކުރައްވާނެ ކަމަށެވެ. އެހެންކަމުން ބެލެވެނީ ރައީސްގެ ވާހަކަފުޅުގައި ގައުމުގެ މިހާރުގެ ހާލަތާއި ކޮވިޑް19 އިން ރައްކާތެރިވުމަށާއި ސަލާމަތްވުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ މައުލޫމާތުތައް ހިއްސާ ކުރައްވާނެ ކަމަށެވެ.

ރާއްޖެއިން މުޅި ޖުމްހަ ކޮވިޑް19 އަށް 8 މީހަކު ޕޮޒިޓިވް ވެފައިވާއިރު މި އެންމެންނަކީވެސް ރިސޯޓުތަކުގައި ތިބި މީހުންނެވެ. އަދި އެ ރިސޯޓުތައް ބަންދުކުރުމަށްފަހު ރޭ ވަނީ ހުޅުވާލާފައެވެ. ނަމަވެސް އެ ރިސޯޓުތަކުގެ ބައެއް ވަނީ ބަންދުކޮށްފައެވެ. ސަރުކާރުން ބުނެފައިވަނީ ކޮވިޑް19 ޖެހިފައިވާ އެންމެންގެ ހާލަތުވެސް ރަނގަޅު ކަމަށެވެ.