Last Updated: April 20, 17:12
Saturday, April 20, 2024
ޚަބަރު ކޮރޯނާ ވައިރަސް

ޝައްކު ކުރެވޭތީ ސަފާރީއެއްގައި ތިބި ދެ މީހަކު އައިސޮލޭޓުކޮށްފި

ރާއްޖޭގައި އޮޕަރޭޓު ކުރާ ސަފާރީއެއްގައި ތިބި ދެމީހަކު ކޮވިޑް 19އަށް ޝައްކު ކުރެވޭތީ އައިސޮލޭޓު ކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ކޮވިޑް 19ގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސް ކޮންފަރެންސްގައި ކޮވިޑް-19 ގެ ސްޕޯކްސްޕާސަން މަބްރޫކް އަޒީޒް ވިދާޅުވީ ސަފާރީއެއްގައި ތިބި ދެމީހަކު ބައްޔަށް ޝައްކު ކުރެވޭތީ ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މަބްރޫކު ވިދާޅުވީ މި މައުލޫމާތާއި ގުޅިގެން ސަފާރީ މޮނިޓަރިންއަށް ހިމަނާފައިވާ ކަމަށެވެ. އަދި މެޑިކަލް ޓީމެއް ސަފާރީއަށް ދިއުމަށް ދަތުރު ފަށާފައިވާ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް 9 މީހަކު ކޮވިޑް 19އަށް ޕޮޒިޓިވް ވެފައިވާ އިރު އެއީ މުޅިންވެސް ބިދޭސީންނެވެ. ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނޭ 70 އަހަރުގެ ފިރިހެނެއްގެ ހާލު ސީރިއަސް ވަމުން އަންނަ ކަމަށް މިރޭގެ ނޫސް ކޮންފަރެންސްގައި އައިޖީއެމްއެޗްގެ ޑޮކްޓަރ މުރާދު ވަނީ ވިދާޅުވެފައެވެ.