Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު ކޮރޯނާ ވައިރަސް

ކުރެއްދޫން އިތުރު މީހަކު ކޮވިޑް 19އަށް ޕޮޒިޓިވް ވެއްޖެ

ކުރެއްދޫ ރިސޯޓުން އިތުރު ބިދޭސީއަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން މީގެ އިރުކޮޅެއް ކުރި ޓްވީޓެއްްގައި ބުނެފައިވަނީ ކުރެއްްދޫ ރިސޯޓުން ޓެސްޓު ކުރި 10 މީހެއްގެ ތެރެއިން އެކަކު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އަނެއް 9 މީހުންގެ ޓެސްޓު ނަތީޖާ ނެގެޓިވް ކަމަށެވެ.

ކުރެއްދޫން އިތުރު މީހަކު ބައްޔަށް ޕޮޒިޓިވް ވުމާއި އެކު ރާއްޖެއިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 10 އަށް އެރީއެވެ.

އެޗްޕީއޭއިން ބުނީ ޕޮޒިޓިވްވި މީހާ މިހާރު ފަރުކޮޅުފުއްޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ތަފްސީލް އަންނަނީ……