Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު ކޮރޯނާ ވައިރަސް

ކޮވިޑް-19: ޕޮޒިޓިވް މީހުންގެ ކޮންޓެކްޓު ޓްރޭސިންގެ އަދަދު 1545!

ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓު ޓްރޭސިންގެ ގޮތުގައި 1545 މީހަކު ފެނިފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ކުރިއަށްދާ ނޫސް ކޮންފަރެންސްގައި މަބްރޫކު ވިދާޅުވީ މިހާތަނަށް ޕޮޒިޓިވް މީހުންނާއި ކޮންޓެކްޓު ޓްރޭސުވި މީހުންގެ އަދަދު 1545 އަށް އަރާފައިވާކަމަށެވެ.

މަބްރޫކު ވިދާޅުވީ ކޮންޓެކްޓު ޓްރޭސިންގެ ތެރެއިން މިހާތަނަށް 193 މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އަދި މިއަދުވެސް 43 ތަނެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންނާއި އަދި ކޮންޓެކްޓު ޓްރޭސިންގެ މައުލޫމާތު ދެއްވަމުން ޑޮކްޓަރ އަފްޒަލް ވިދާޅުވީ މިއަދު އަލަށް ޕޮޒިޓިވްވި 17 މިހުންގެ ކޮންޓެކްޓު ޓްރޭސިންގެ ތެރެއިން މިހާތަނަށް 181 މީހަކު ދެނެގަނެވިފައިވާ ކަމަށެވެ.

ތަފްސީލް އަންނަނީ….