Last Updated: August 2, 16:57
Saturday, August 2, 2025
ޚަބަރު ޕޮލިސް

ސްކޫލްތައް ކައިރީ ގަވައިދާ ހިލާފަށް ހުރި އުޅަނދުތައް ނަގަން އަންގައިފި

ސްކޫލްތައް ކައިރީގައި ގަވައިދާއި ހިލާފަށް ޕާކްކޮށްފައިހުރި އުޅަންދުތައް ނެގުމަށް ފުލުހުން އަންގައިފި އެވެ.

މާދަމާ ދެވަނަ ޓާމުގެ ކިޔެވުން ފެށޭއިރު ފުލުހުން ބުނެފައިވަނީ ސްކޫލް ސަރަޙައްދުގައި ކުރަހާފައި އަދި ބަހައްޓާފައިވާ ޓްރެފިކް ނިޝާންތަކާއި ޚިލާފަށް ޕާރކް ކޮށްފައިވާ އުޅަނދުފަހަރު މިއަދު އިރުއޮށްސި 06:00 ކުރިން ނެގުމަށް އެދޭކަމަށެވެ.

މާލޭގައި ގަވައިދާ ހިލާފަށް ޕާކްކޮށްފައި ހުންނަ އުޅަނދުތަކުގެ ސްޓިކާ ޖެހުމުގެ އިތުރަށް އުޅަނދުތައް ޓޯކުރަމުން ފުލުހުން ގެންދެ އެވެ. އަދި މީގެ ކުރިން ފުލުހުން ވަނީ ސްކޫލުތައް ފެށޭ ވަގުތާއި ނިމޭ ވަގުތުތަކުގައި ސްކޫލްތައް ހިމެނ ސަރަހައްދުތަކުގެ ޓެރެފިކް ހާއްސަ ސަމާލުކަމެއްދީގެން ބަލަހައްޓާފަ އެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގެ ސްކޫލުތައް ބަންދުކުރުމަށްފަހު އަލުން ހުޅުވާއިރު އެޗްޕީއޭގެ ހާއްސަ އިރުޝާދުތަކަށް ސްކޫލުތަކޔގައި އަމަލުކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރީން މައުލޫމާތުދެ އެވެ.