Last Updated: April 16, 20:04
Tuesday, April 16, 2024
ޚަބަރު ކޮރޯނާ ވައިރަސް

އިތުރު 25 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން އިތުރު 25 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 2422 ސާމްޕަލް ނަގާފައިވާއިރު، އޭގެތެރެއިން 25 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އޭގެތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވް ވެފައިވަނީ 15 މީހުންނެވެ. މިއާއި އެކު ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު ވަނީ 14،065 ކަށް އަރާފަ އެވެ.

މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ރާއްޖޭގައި ތިބީ 701 ފަރާތެކެވެ. އަދި ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ފަރުވާދޭމީހުންގެ އަދަދު ވަނީ 47 އަރާފައެވެ.

މިހާތަނަށް ރާއްޖެއިން މިބަލީގައި ރަނގަޅުވި މީހުންގެ ޖުމުލަ އަދަދުވަނީ 13،308 އަރާފަ އެވެ.