Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު ކޮރޯނާ ވައިރަސް

މޭޖާ ޖެނެރަލް ޝަމާލް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

މޭޖާ ޖެނެރަލް ޝަމާލް
ފޮޓޯ: ރައީސް އޮފީސް

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ، ކޮވިޑް-19 ގެ އަލާމަތްތައް ފެނުމުން މޭޖާ ޖެނެރަލް ޝަމާލް ކޮވިޑް-19 އަށް ޓެސްޓް ކުރުމުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ޝަމާލް މިހާރު ހުންނެވީ އަމިއްލަފުޅަށް ގޭގައި އައިސޮލޭޓް ވެގެންކަމަށްވެސް މައުލޫމާތުދީފައިވެ އެވެ. އަދި ކަރަންޓީން ވާންޖެހޭ ފަރާތްތައް ކަރަންޓީން ކޮށްފައިވާ ކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ.

މީގެ އިތުރުން މީޑިއާތަކުގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އެމްއެންޑީއެފުން ބުނެފައިވަނީ ޗީފް އޮފް ޑިފެންސް ފޯސް އެއްވެސް ޕާޓީއަކަށްވެސް އަދި ރާއްޖެއިން ބޭރަށްވެސް ވަޑައިގެންފައި ނުވާކަމަށެވެ.