Last Updated: May 18, 08:39
Saturday, May 18, 2024
ޚަބަރު ޕޮލިސް

ރިޒްގެ ހިއުމަން ޓްރެފިކިންގެ މައްސަލަ ޕީޖިއަށް

ރައްޔިތުން މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ: ފޮޓޯ / މަޖިލިސް

އާރުއައިއެކްސް (ރިޒް) ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ތުހުމަތު ކުރާ ހިއުމަން ޓްރެފިކިން މައްސަލައިގެ ތަހުގީގު ނިންމާ މައްސަލައިގައި ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

ބ. ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތާ ހަވާލުވެފައިވާ ރިޒް ކުންފުނީގެ ހިއުމަން ޓްރެފިކިން މައްސަލަ ތަހުގީގު ކުރުމަށްފަހު ޕީޖީ އަށް ފޮނުވާފައިވަނީ ތިނެއް ޑިސެމްބަރުގަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލައިގައި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ހިމެނޭ ގޮތަށް ތިން މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް ފުލުހުން ވަނީ އެދިފަ އެވެ. އެހެން ނަމަވެސް މިހާތަނަށް ޕީޖީ އޮފީހުން އެ މައްސަލައިގައި ދައުވާ ކުރުމާއި މެދު ވަކި ގޮތެއް ނިންމާފަ އެއްނުވެ އެވެ.

ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަނުދީ މުސައްކަތްކުރުވާތާ ގިނަ ދުވަސްތަކެއް ވުމުން އެ ބިދޭސީންވަނީ އެ ރަށުގައި ހަމަނުޖެހުން ހިންގާ ބައެއް މީހުން ރަހީނުކޮށްފަ އެވެ.